ސުޕަރސިޓީއަކީ
ކޮބާ؟
އަވަސް
އޮންލައިންގައި "ބްރިޖުން
އިގްތިސާދަށް ކުރާނީ ކޮން ފައިދާއެއް؟" މިނަމުގައި ޝާޢިޢުކޮށްފައިވާ
ލިޔުމެއްގައިވާގޮތުން ބުރިޖުގެ ސަބަބުން މާލެއާއި ހުޅުމާލެއާއި ދޭތެރޭގައި
ސުޕަރސިޓީއެއްފެށިގެންދާނެއެވެ. މިލިޔުން ކިޔާލުމުން ސުޕަރސިޓީއަކީ ކޮބާތޯ
ބަލާލާހިތްވެއްޖެއެވެ. http://www.skyscrapercity.com/showthread.php?t=1448974 ގައިވާގޮތުން ސުޕަރސިޓީއަކީ މެޓްރަޕޮލިޓަން
ސަރަހައްދެއްގައި (އިޤްތިޞާދީގޮތުންނާއި، ސިޔާސީގޮތުންނާއި، އަދި ޘަޤާފީގޮތުން
މުހިއްމު، އަދި، ސަރަހައްދީ ނުވަތަ ބައިނަލްއަޤްވާމީ ގުޅުންތަކާއި، ވިޔަފާރިއާއި
އަދި މުވާޞަލާތީގޮތުން މުހިއްމު މަރުކަޒަކަށްވާ ބޮޑު ސިޓީއެއް) އާބާދީ ސާޅީސް
މިލިޔަނަށް އެރީމައި ކިޔާ ނަމެކެވެ. އަދި މިވެބްސައިޓްގައިވާގޮތުން ހައިޕާސިޓީ އަކީ އާބާދީި ވިހި މިލިޔަނާއި
ސާޅީސް މިލިޔަނާއި ދޭތެރޭގައިވާ މެޓްރަޕޮލިޓަން ސަރަޙައްދުތަކެވެ. އަދި
މެގަސިޓީއަކީ އާބާދީ ދިހަ މިލިޔަނާއި ވިހި މިލިޔަނާއި ދޭތެރޭގައިވާ މެޓްރަޕޮލިޓަން ސަރަޙައްދުތަކެވެ.
ޗައިނާ އިކޮނޮމިކް ރިވިޔުއާއި
ހަވާލާދީ ގަލިއާރޑް ހޯމްސްގައިވާގޮތުން ބަދަލުވަމުންދާ ހައިރާކީގެ ސަބަބަކަށް
ހިމެނޭ ތިން ޝިޢާރެއް ފާހަގަކުރެވިފައިވެއެވެ. އެއީ އާރބަނައިޒޭޝަން،
ގްލޯބަލައިޒޭޝަން، އަދި ޑިޖިޓައިޒޭޝަންއެވެ. އަދި މީގެ ސަބަބުން ދުނިޔެ
ޖިއޮގްރަފީގޮތުން އޮންނަގޮތް އެހެން ގޮތަކަށް ތަސައްވުުރުވެއެވެ. ސިޓީއެއްގައި
މިތިންގޮތުން ހެޔޮފާހަގަ ލެވިއްޖެނަމަ އެސިޓީއަކަށް ސުޕަރސިޓީއެއްގެ
ދަރަޖަލިބުމަށް ކުފޫހަމަވާނެއެވެ.
އާރބަނައިޒޭޝަން: ކުރިއަރަމުންދާ
މާރކެޓްތަކުގެ ތެރެއިން މަތިވެރިކަމާއި ބޮޑުމިން ދައްކުވައިދޭ މާރކެޓްތަކަށް
މިބަސް ބޭނުންކުރެވެއެވެ. އަދި، އޭގެ ސަބަބުން ސިޓީތައް ނުފޫޒުގަދަ ބާރަކަށް
ބައިނަލްއަޤްވާމީ ހަރުފަތްތަކުގައިވުމެވެ.
ގްލޯބަލައިޒޭޝަން: ވަކިވަކި
ސިޓީތަކުގެ މެދުގައިވާ ގުޅުން ކުރިއަށްދާވަރަކަށް ދުނިޔޭގެ އެކި ސިޓީތަކަށް
އެކަމުގެ ސަބަބުން ފައިދާތަކެއްލިބިގެންދެއެވެ. މީގެތެރޭގައި ދަތުރުފަތުރުގެ
ވަސީލަތްތަކާއި، އަދި، އިންސާނުންގެ
މެދުގަޔާއި އަދި ވިޔަފާރިތަކުގެ މެދުގައިވާ ޒަރޫރީ ގުޅުންތައްހިމެނެއެވެ.
ޑިޖިޓައިޒޭޝަން: ޓެކޮނޮލޮޖީ
އަހަރެމެންގެ ކުރިމަތީގައި އަބަދުވެސް ބަދަލުވަމުންދަނީއެވެ. އަދި އޭގެ ސަބަބުން
ދުނިޔޭގެ އެކިއެކި ސަރަޙައްދުތައް ގުޅި ގާތްވެއްޖެއެވެ. މިހާރަކަށް އައިސް،
ސިޓީތަކަށް ވަރުގަދަަ ގްލޯބަލް ޕްރޮފައިލެއް ތަރައްޤީކުރަން މަގުފަހިވެފައިވެއެވެ.
އަދި މީގެ ސަބަބުން އެކިއެކި ޤައުމުތަކުގެ މެދުގައިވާ ގުޅުން ސޯޝަލް މީޑިޔާގެ
ސަބަބުން ތަރައްޤީވެގެންދެއެވެ.